ހަބަރު

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކު އަމިއްލައަށް މަރުވެއްޖެ

Jan 28, 2019
3

މާފަންނުގެ ގެއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު އަމިއްލައަށް މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. މަރުވެފައިވަނީ ނޭޕާލް އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި 23 އަހަރުގެ އެ އަންހެން މީހާ މަރުވެފައިވަނީ ދަންޖެހިގެންނެވެ. މަރުގެ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:21 ހާއިރު އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މާލޭ ގެއެއްގައި މަސައްކަތް ކުރި ބިދޭސީ އަންހެނަކު ދަންޖެހިގެން މަރުވި އެވެ. އެއީ ވެސް ނޭޕާލްގެ އަންހެނެކެވެ. އޭނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ވެސް ކުރި އެވެ.