ހަބަރު

މާފަރުގައި މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ

ނ. މާފަރުގައި މޫދަށް އެރި އުޅުނު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ، މަސްހިފަން ވެގެން އެ ރަށުގެ ހުޅަނގު ފަރާތުގެ މޫދަށް އެރުނު، އުމުރުން 58 އަހަރުގެ އަލީ ރަޝީދު އެވެ.

ފުލުހުން ބުނީ މަރުވެފައިވާ މީހަކު މާފަރު ގޮނޑުދޮށުން ފެނުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ. މަރުވެފައިވަނީ ދިވެއްސެއް ކަމަށްވެސް ފުލުހުންވަނީ ބުނެފަ އެވެ، އޭނާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.