ހަބަރު

ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

Feb 2, 2019
3

ސިއްރު ފެންފުށީ ރިސޯޓްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ މަރުވީ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އިމާރާތަކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާ ފަރުވާ ދެމުން ދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގަ އެވެ.

އިމާރާތަކުން ވެއްޓި މިއަދު ޒުވާނަކު މަރުވިއިރު އިއްޔެ އައްޑޫ ސިޓީގައި އިމާރާތަކުން ވެއްޓި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.