ހަބަރު

މާފުށީގައި ތުރުކީ މީހަކު ގެނބިގެން މަރުވެއްޖެ

Feb 23, 2019
2

ކ. މާފުށީގައި މިއަދު ގެނބިގެން މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ތުރުކީއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

އެކަން ޔަގީންކޮށް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި މޫދަށް އެރި އުޅުނު ތުރުކީ މީހެއް ގެނބިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ މާފުށީ ކައިރީގައި ތަރައްގީ ކުރާ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އެކޮމަޑޭޝަން ހަމަޖެހިފައި ހުންނަނީ މާފުށީގަ އެވެ.

ގެނބިގެން ފަތުރުވެރިން މަރުވާ ހާދިސާ މިފަހުން ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އެ ހާދިސާ ހިނގާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްތަކެއް ވެސް ފެށި އެވެ.