ވިޔަފާރި

ވީއައިއޭ ބޭނުންކުރި ފްލައިޓުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރި ފްލައިޓުގެ އަދަދު އަނެއްކާވެސް މި އަހަރު ރެކޯޑް އަދަދެއް އިތުރުވެއްޖެ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިމަހުގެ 24 ވަނަ ދުވަހު މައި އެއާޕޯޓްގެ ރަންވޭ މޫމްމެންޓް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން އެ ދުވަހު 219 މޫވްމެންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. މީގެތޭގައި ހިމެނެނީ 93 އިންޓަނޭޝަނަލް ފްލައިޓާއި ޑޮމެސްޓިކް 111 މޫވްމެންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މައި އެއާޕޯޓުގެ ރެކޯޑް މިހާތަނަށް އޮތީ މި އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހަށެވެ. އެ ދުވަހު ރަންވޭ މޫވްމެންޓް އުޅެނީ
214 ގަ އެވެ.

މި އަހަރުގެ ޓޫރިސްޓު ސީޒަނާ ދިމާކޮށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު 110 އިންޓަނޭޝަނަލް ފްލައިޓް އަދި 102
ޑޮމެސްޓިކް ފްލައިޓް ޖައްސާފައި ވެއެވެ. އެ ދުވަހު ސީޕްލޭން ވެސް ޖައްސާފައިވެ އެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު އެކަނި 531 ސީޕްލޭން މޫވްމެންޓް ވީއައިއޭގައި އެކަނި ރެކޯޑް ކުރެވިފެ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނައިން ސީޕްލޭން ރެކޯޑް ކުރެވިފައިވާ 517 މޫވްމެންޓާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

މައި އެއާޕޯޓް ބޭނުންކުރާ ފްލައިޓުގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 1.4 މިލިއަން މީހުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އަދި މި އަހަރު 1.5 މިލިއަން މީހުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.