ބިދޭސީން

ބިދޭސީއެއްގެ މަރާ ގުޅޭ ތަހުގީގެއް ފަށައިފި

Mar 16, 2019
1

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރި ބިދޭސީއެއްގެ މަރާ ގުޅޭ ތަހުގީގެއް ފުލުހުން ކުރަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ އުމުރުން 37 އަހަރުގެ އެމީހާ އަކީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން އައި ފިރިހެނެކެވެ. އެއީ ކޮން ސައިޓެއް ކަމެއް ނުބުނެ އެވެ.

ފުލުހުން ބުނީ އެ މީހާ މަރުވީ ނޭވާލާން އުނދަގޫ ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކުމަށްފަހު ފަރުވާ ދީ ދޫކޮށްލާފައި ވަނިކޮށެ ދެވަނަ ފަހަރަށް މޭގައި ރިއްސާތީ ގެންދިޔަ ވަގުތު ކަމަށެވެ.

އަދި ބުނީ މިއަދު ހެނދުނު 6:00 ޖެހި އިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށާއި އެ މީހާގެ މަރާ ގުޅޭ މައްސަލަ ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެކި އެކި ސަބަބުތައް މެދުވެރިވެގެން ރާއްޖޭގައި މަރުވާ ބިދޭސީންނާއި ޒަހަމްވާ ބިދޭސީންގެ އަދަދު ވަރަށް ބޮޑުތަން މައްޗަށް ޖެހިވާފާތާ މަސްތަކެއް ވެއްޖެ އެވެ.