ހަބަރު

ކޮށްދިއްޕަރު ރިސޯޓް ކައިރިން މީހެއްގެ ހަށިގަނޑު ފެނިއްޖެ

މާލެ އަތޮޅު ކޮށްދިއްޕަރު ރިސޯޓް ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:35 އެހާއިރު ކަމަށެވެ. ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެކަން އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނު ހަށިގަނޑު އޮތީ ކުނިވެފަ އެވެ،