ހަބަރު

ބިދޭސީ އެއްގެ އަތުން 6،000 ރުފިޔާ ފޭރިގެންފި

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންތަކެއް އެ ތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި --
0%
0%
0%

ރޭ މާލޭގައި ހިނގާފައި ދިޔަ ބިދޭސީ އެއްގެ އަތުން 6،000 ރުފިޔާ އާއި ފޯނެއް ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް މިއަދު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ 22:25 ހާއިރު އެވެ. އޯކިޑް މަގުގައި ހުންނަ އައިކެއާ ކައިރިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ފިރިހެނެއްގެ އަތުގައި ހުރި ފައިސާ އާއި އޭނާގެ ފޯނު ވެސް ފޭރިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ބުނެ އެވެ. އަދި، މިކަން ކުރީ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފޭރުމުގެ މި ހާދިސާ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މާލެ އާއި މާލެ ސަރަހައްދުގައި މިހާރު ވަނީ ފޭރުން އާއްމުވެފަ އެވެ. މިދޔަ ހަފްތާގައި ވަނީ މިފްކޯގެ ވޭނެއް ހުއްޓުވައި ވޭނުގައި ހުރި ދެމިލިއަނެއްހާ ރުފިިޔާ ފޭރިގެންފަ އެވެ. އަދި، ހަމަ މިމަހު ކުރީކޮޅު ވަނީ އެސްބީއައި ބެންކު ކައިރިން މީހެއްގެ އަތުން ދެ މިލިއަނެއްހާ ރުފިޔާ ވެސް ފޭރިގެންފަ އެވެ.

ފޭރުމުގެ މައްސަލަތައް ގިނަވެފައި ވާއިރު، އެއް ތަނުން އަނެއް ތަނަށް ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ގެންދިޔުމުގައިި ފުލުހުންގެ އެހީ ހޯދުމަށް ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345