ވައްކަން

ފިހާރައެއްގެ ތިޖޫރީ ވަގަށް ނަގައިފި

May 31, 2019

އައްޑު އަތޮޅު ފިހާރައެއްގެ ފަޅާލައި އެތާނގެ ތިޖޫރީ ހަލާކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ގެންގޮސްފި އެވެ.

ފުހުން ބުނީ ހިތަދޫގައި ރޭ ފަޅާލާފައި ވަނީ އެރަށުގައި ހިންގާ "އެޕޯލޯ" ފިހާރަ ކަމަށާއި ވަގުން ވަދެ އެ ފިހާރައިން ގެންގޮސްފައި ވަނީ ފިހާރައިގެ އޮފީސްބައިގައި ހުރި ތިޖޫރީއެއް ކަމަށެވެ. އެ ތިޖޫރީގައި 1200 އެމެރިކާ ޑޮލަރާއި 27,704 ރުފިޔާ ހުއްޓެވެ.

ފިހާރައިގެ ވެރި ފަރާތުން އެ މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން މިހާތަނަށް ކުރި މަސައްކަތުގައި ތިޖޫރީ ފެނިފައި ވަނީ ފަޅާލުމަށް ފަހު ވަލުތެރެއަށް އެއްލާލާފައި އޮއްވަ އެވެ. ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ.

ވައްކަމުގެ މި މައްސަލާގައި އަދި ތުހުމަތަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.