ހަބަރު

މާލޭ ގެސްޓް ހައުސްއެއްގައި މީހަކު މަރުވި މައްސަލައެއް ބަލަނީ

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 4:30 ހާއިރު މ. ވިކްޓަރީ ގެސްޓް ހައުސްގައި އޮތް ފިރިހެނެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އެކަމުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.