ހަބަރު

ގެސްޓްހައުސްއެއްތެރޭ ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އޯކިޑްމަގުގައި ހުންނަ ގެސްޓްހައުސްއެެއްތެރޭ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ގެސްޓުހައުސްއެއްތެރޭ ހަރަކާތެއްނެތް ޒުވާނަކު ފެނިގެން މިއަދު މެންދުރު ރިޕޯޓް ކުރި ކަމަށާއި، މަރުވެފައިވަނީ 22 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ، ނ. މާފަރު، އާހިޔާ، ރައިފް ނޫމާންއެވެ.

ފުލުހުން ބުނީ ރިޕޯޓް ލިބުމާއެކު އެޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ގެންދިޔަ އިރު އެ ޒުވާނާގެ އަނގައި ފޮނު އަރާފައިހުރި ކަމަށެވެ. އަދި އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަަަމަށެވެ.