ހަބަރު

ލޯންޗެއްގައި ރޯވެ ފުލުހުން އެެހީތެރިކަން ފޯރުކޮށްދީފި

ގެސްޓުންތަކަކާއެކު ސިނަމާލެ ބްރިޖު ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ މިއަދު 10:30 ހާއިރު ދަތުރުކުރަމުންދިޔަ ލޯންޗެއްގެ އިންޖީނުގައި ރޯވެ، ލޯންޗު ހުއްޓުމުގެ ސަބަބުން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، މި ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫއިންނާއެކު ޖުމްލަ 49 މީހުން ދަތުރު ކުރި އެވެ.

ފުލުހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނިގި ހަބަރު ލިބުމާއެކު ލޯންޗުގައި ތިބި މީހުންނަށް އެހީވުމަށް އެ ސަރަހައްދަށް ދިޔައިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ. އަދި، ލޯންޗުގައި ތިބި ގެސްޓުން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށެވެ.

އިތުރަށް ބުނީ، ލޯންޗުގައި ރޯވެފައިވަނީ، ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނު ތާށިވެގެން ކަމަށެވެ. އަދި، ރޯވި ލޯންޗު ތިން ނަންބަރު ފާލަމަށް މިހާރު ވަނީ ކައިރި ކޮށްފައި ކަމަށް ބުންޏެވެ.