ހަބަރު

މަރުވި މީހެއްގެ ހަށިގަނޑުން ޒަހަމް ފެނިގެން ރިޕޯޓުކޮށްފި

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވަޅުލަން ސަހަރާއަށް ގެންގޮސްފައި ވަނިކޮށް އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެނިގެން އޭނާގެ އާއިލާއިން ފުލުހަށް އެ މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުން މިއަދު ބުނީ 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ސަހަރާއަށް ގެންގޮސްފައި ވަނިކޮށް އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އާއިލާއަށް ފާހަގަ ކުރެވިގެން އިއްޔެ މެންދުރުފަހު 2:45 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ ކަމަށެވެ. މި ގޮތަށް ހުށަހެޅޭ މަރުގެ ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބަލަން ޖެހޭ ކަންކަން ބަލައި ރެކޯޑް ކުރާނެ ކަމަށެވެ.