ތޭރަ އަހަަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި ޖިންސީ ގޯނާގެ މި މައްސަަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މެދު ރާއްޖެ ތެރޭގެ ރަށެއްގަ އެވެ. އަދި، ފުލުހުން ބެލި ބެލުމުން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށާއި މުޖުތަމައު ތެރޭގައި އާއްމުކޮށް ދޫވެފައި ހުރެއްޖެ ނަމަ އާއްމުންގެ ސަލާމަތާއި އޭނާގެ ސަލާމަތަށް ނުރައްކާވެދާނެކަން ފުލުހުންގެ ތަހުގީގަށް ފެންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ އެ އަންހެން ކުއްޖާގެ ބޭބެ އެވެ.
މި މައްސަލަ ފުލުހުުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ތުހުމަތު ކުރެވޭ މީހާ އަށް ފަރުވާ ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.