ހަބަރު

ޒުވާން ކުޅުންތެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

Aug 18, 2019
1

ފުރަތަމަ ޑިވިޝަންގެ ގިނަ ފުޓްބޯޅަ ޓީމްތަކަށް ކުޅެފައިވާ ޒުވާން ކުޅުންތެރިއެއް ކަމަށްވާ އިބްރާހިމް ރިޒްވާން (ބަގޭ) މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ފެނުނީ މައްޗަންގޮޅި ގެއަކުން ކަމަށާއި އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާނީ މިއަދު ހެނދުނު 6:25 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ މަރާއި ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ބަގޭ ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމް ތަކަށް ކުޅެދީފަ އެވެ. އެގޮތުން އޭނާ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ގެ އިތުރުން ޓީސީއަށް ވެސް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ސީޒަންގައި ވެލެންސިއާއިންނެވެ.