ނޮޅިވަރަންފަރު ލޯންޗުގެ ހާދިސާ

މުޅި ހަނިމާދޫ ހިމޭންކޮށްލި ޖަނާޒާ!

މަރުވި ދެމަފިރިންގެ ފިރިހެން ދަރިފުޅު ގުރައިޝު، މަހަނާތަކުގެ ނަން ފިލާގަނޑު ހިފައިގެން: ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި - ފޮޓޯ: ވަގުތު އިމޭޖެސް
10.4%
6.5%
83.1%

މުޅި ރަށަށް ވެރިވެފައި އޮތީ އަދާޔާ ހިލާފު ހިމޭން ކަމެކެވެ. ހިމޭން ކަމެއް އޮތަސް ހަނިމާދޫގައި ބޮކި ނިންމާލި ގެއެއް މިރެއަކު ނެތެވެ. ލޮލު ފިޔައެއް ޖެހުނު މީހަކު ވެސް ނެތެވެ. މަގުމަތީގައި އެންމެން ނުކުމެ އުޅެ އެވެ. އެ ރަށަށް ދަތުރުކުރި އަވަށްޓެރި، ނޮޅިވަރަމްފަރުގެ އާއިލާއެއްގެ މަރާއެކު ހަނިމާދޫ ވެސް އޮތީ ހިތާމާގަ އެވެ.

ނޮޅިވަރަމްފަރު ލޯންޗު، ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި ކަނޑުވި މީހުން ތެރެއިން މަރުވި ފަސް މީހުންގެ ޖަނާޒާ މިރޭ ދަންވަރު ހަނިމާދޫގައި ވަނީ ބާއްވާފަ އެވެ. ކަށު ނަމާދު އޮތީ އެ ރަށު މިސްކިތް، މަސްޖިދުލް މޫސާ އަލީގަ އެވެ. މޫނު ދެއްކުން އޮތީ ސަހަރާގަ އެވެ.

އެއް އާއިލާއެއްގެ މަންމަ އާއި ބައްޕަ އަދި އެ ދެމަފިރިންގެ ދަރިފުޅާއި ކާފަ\މާމަ ދަރިފުޅުގެ އިތުރުން އަވަށްޓެރިޔާގެ މަރާއެކު މުޅި އެ އާއިލާ ވަނީ ހަނިމާދޫއަށް ގޮސްފަ އެވެ. ސިއްހީ މަރުކަޒާއި ސަހަރާ ފުރިފައި އޮތީ އާއިލާ މީހުންނާއި އެކުވެރިނުންނެވެ. އެންމެންގެ މޫނު މަތިން ވެސް ހިތާމައިގެ ކުލަވަރުތައް ކިތަންމެހާ ވެސް ބޮޑަށް ފެންނަން ހުއްޓެވެ.

ގެނބިގެން މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން: ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި - ފޮޓޯ: ވަގުތު އިމޭޖެސް

ފަސް މީހުންގެ މޫނު ބަލާލުމަށް ސަހަރާއަށް ވަރަށް ގިނަ މީހުން ދިޔަ އެވެ. ނޮޅިވަރަމްފަރާއި މާލެއިން އެ ރަށަށް ގޮސް ތިބި އެތައް ބަޔަކު ވެސް ދިޔަ އެވެ. ކަށު ނަމާދަށް ވެސް މިސްކިތް ފުރުނެވެ. ޖަނާޒާ ކުރިއަށް ދިޔައިރު އެތަނަށް ވެސް އެތައް ބަޔަކު ޖަމާވެ، އެމީހުންގެ ހެޔޮ ރަހުމަތަށް ދުއާ ކުރި އެވެ.

ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށު އެންމެން ކަހަލަ ގޮތަކަށް ފަސް މީހުންގެ ޖަނާޒާގައި ވަނީ ބައިވެރިވެފަ އެވެ. އާއިލާ ނޫނީ ގާތް މީހެއް އޭގެ ތެރޭގައި ނެތަސް، ހަނިމާދޫ މީހުންނަށް ވެސް މިއީ ހިތާމައިގެ ދުވަހެއް ކަމެވެ.

ރަށަށް އައިސް އަވަށްޓެރިންގެ ހިދުމަތުގައި އެ ރަށުގެ ރައްޔިތުންގެ މިރޭ ތިބީ ގޭގެ ދޮރުތައް ނުލައްޕާ ކަމަށް އޭނާ ބުންޏެވެ. ނޮޅިވަރަމްފަރުގެ ހިތްވަރަކަށް އަދި އެކުވެރި މިއަދު ވެފައި އޮތީ ހަނިމާދޫގެ ރައްޔިތުންނެވެ. ޖަނާޒާ މިހާރު ނިމިފައިވާއިރު ރަށު ތެރޭގައި އަދިވެސް އޮތީ ހިތާމައިގެ ހިމޭން ކަމެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަ

ގިޔާސް ކިޔަނީ

ނަން

ފުރަތަމަ ފޮޓޯގެ ތިރީގައި ޖަހާފަ އޭނަ ކެޕްޝަން ރަގަޅުކޮށްލަދިނުން އެދެން.. އެއީ ނިޔާވި ދެމަފިރިންގެ ދަނބިދަރިފުޅު ޝިފާޒް.. އެ ދެމަފިރިންގެ އަންހެން ދަރިފުޅު ގުރައިޝާގެ ފިރިމީހާ..

February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678