ކެމިކަލް ގުދަނުގައި ރޯވުން

އެހީގެ ފަންޑަށް ލިބުނީ 2.5 މިލިއަން ރުފިޔާ

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާން ނިއްވުމަށްފަހު އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ: ގެއްލުން ލިބުނު މީހުނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން ހުޅުވި އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވޭ -- އަވަސް ފޮޓޯ
75%
0%
25%

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، ގެއްލުން ލިބުނު މީހުނަށް ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން ނެޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި އެހީ ފަންޑަށް 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެއްޖެ އެވެ.

އަލިފާނުގެ އެ ހާދިސާގައި، ގެއްލުން ލިބުނު މީހުންނަށް ފައިސާއިން އެހީ ވުމުގެ ފުުުރުސަތު އެންޑީއެމްއޭއިން ހުޅުވާލީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެ ފުރުސަތު ބަންދު ކޮށްފައިވަނީ މިއަދު 4:00 ގައެވެ.

އެންޑީއެމްއޭއިން ބުނީ މިއަދު 4:00 ގައި އެކަންޓް ބަންދު ކުރުމާއި ހަމައަށް 2،528،833.37 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން 31 އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް، އޭގެ ތެރެއިން ނުވަ އިމާރާތެއް އާންމު ރައްކާތެރިކަމަށްޓަކައި ވަނީ ތަޅާލާފަ އެވެ.

އަލިފާނުގެ އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުންތައް ވެސް ލިބުނު ހާދިސާ އެވެ. މި ނުރައްކާތެރި ހާދިސާ ހިނގިތާ އެގާރަ ދުވަސްފަހުން މާލޭ ހުޅަނގު ދެކުނު ޓީ ޖެޓީ ސަރަހައްދުގައި ވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއްގެ ހިނގާފަ އެވެ.

ސިނާއީ ސަރަހައްދު ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާގައި އެ ލޯންޗާއެކު އެތައް ތެޔޮ ބައުޒަރެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. ބޮޑު އަލިފާންގަނޑުގައި ހަތް މީހަކު ފިހި ފަރުވާދޭން ވެސް ޖެހުނު އިރު އެ ހާދިސާގެ މާލީ ގެއްލުން 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345