ހަބަރު

ފެން ޖަހާ ތެންމާލި ބިދޭސީ މީހާ ހޯދަނީ

ސައިކަލެއްގެ މަތީ އިންދާ ދިވެއްސަކު ފެންބާލިދީއެއް ޖަހައި ތެންމާލި ބިދޭސީ ހޯދަން ފުލުހުން މަސައްކަތް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އެ ބިދޭސީ މީހާ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުލުހުން މިއަދު ކުރި ޓްވީޓުގައި ބުނެފައިވަނީ އެމީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހާ ހިއްސާ ކުރަން އެދޭ ކަމަށެވެ.

ސައިކަލެއް މަތީ އިން ބިދޭސީ އެއްގެ ގަޔަށް ފެން ޖެހި ވީޑިއޯ އާއްމުވީ މި މަހު ކުރީ ކޮޅު އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ބިދޭސީ މީހާ ސައިކަލު މަތީ އިންދާ ސުވާލެއް ވެސް ކުރުމަކާ ނުލައި ފެން ބާލިދީ އެއް ހިފައިގެން ގޮސް އެ މީހާ ގަޔަށް ޖަހަ އެވެ. އަދި ފެން ޖެހުމަށްފަހު ސައިކަލު ފޮހޭ މަންޒަރު ވެސް ވީޑިއޯގައި ފެނެ އެވެ. އެ ފެން ބާލިދީ ޖެހި ކަމަށް ތުހުމަތުކޮށް ދިވެއްސެއްގެ ފޮޓޯ ވެސް ދައުރު ކުރަމުން ދެއެވެ.