ވިޔަފާރި

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭތީ ކަންބޮޑުވުން!

ވީއައިއޭގައި އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ހެނގަރު -- ފޮޓޯ: އެމްއޭސީއެލް
0%
0%
0%

ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހެދި، ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ބުނެ، އެހެން ކުންފުނިތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވީއައިއޭގައި އަލަށް ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާ ގޮތަށް ޓީއެމްއޭ ކުންފުންޏަށް ދޭން އުޅޭ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރުނެވެ. އެހެންވެ، އެ މައްސަލައާބެހޭ އޮޑިޓެއް ހަދަން ހަވާލު ކުރަން މާލިއްޔަތު ކޮމިޓީން މިދިޔަ އޯގަސްޓް މަހު ވަނީ ނިންމާފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޖުލައި މަހުގެ ވިދާޅުވެފައިވަނީ އެއްވެސް ތަނެއް ރައްޔިތުންނަށް އެ ތަނަކުން ފައިދާވާނެ ގޮތަކަށް ނޫނީ ކުރިޔަށް ގެންދަންނ ނުނިންމާނެ ކަމަށެވެ. އަދި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޓީއެމްއޭ އަށް ސީޕްލޭން ދޭން އުޅޭ ވާހަކަ ދޮގު ކުރައްވާފަ އެވެ.

ނަމަވެސް، ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދޭން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ބޯޑުގެ ބައެއް މެންބަރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް ވެއެވެ. އަދި އެ މައްސަލާގައި ބޯޑުގައި ބަހުސްކޮށްފައިވާ ކަމަށް ވެއެވެ.

އަަވަސް އަށް ވާހަކަ ދެއްކި ރާއްޖޭގައި ސީޕްލޭން އޮޕަރޭޓް ކުރާ ބައެއް ކުންފުނިތަކުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޓީއެމްއޭ އަށް ސީޕްލޭން ދީފިނަމަ، ވާދަވެރި ބާޒާރެއްގައި ސީޕްލޭން ވިޔަފާރި ހިންގަން ދަތިވާނެ އެވެ.

އާ ސީޕްލޭންޓާމިނަލްގެ މަސައްކަތުގައި މީހަކު މަޑުކޮށްލައިގެން: އާ ސީ ޕްލޭން ޓާމިނަލް ޕްރޮޖެކްޓަކީ 616 މިލިއަން ރުފިޔާ ގެ ބޮޑު މަޝްރޫއެއް ފޮޓޯ: އަވަސް އާކައިވް

"ޓޫރިޒަމް ދަނީ ފުޅާވަމުން. އެކަމަކު މިހާރު ވެސް ސީޕްލޭން ހިދުމަތް ހޯދަން ދަތި ތަކެއް އެބަހުރި. އެއް ކުންފުންޏެއް މިގޮތަށް ބާރު ގަދަ ކުރުމަކީ ބޮޑު މައްސަލައެއް. ވާދަވެރިކަން ނެތިގެންދާނެ ކަމެއް. މިހެން އޮއްވާ ޓީއެމްއޭ އަށް ޓާމިނަލް ދީފިނަމަ މި ކަމަށް އިތުރު ދަތި ތަކެއް ކުރިމަތިވާނެ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

ސީޕްލޭން ވިޔަފާރީގައި އިސްކޮށް އުޅުވި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޓާމިނަލް ސީޕްލޭން ހިންގާ އެއް ކުންފުންކަށް ދިނުމަކީ ބޮޑު ގެއްލުމެއްވާނެ ކަމެކެވެ.

"ކުރިމަގުގައި ވެސް އިތުރު އޮޕަރޭޓަރުން އަންނާނެ. އެހެންވެ މިގޮތަށް އެއް ކުންފުންޏަކަށް ދިނުމަކީ ގެއްލުންވާނެ ކަމެއް. އަނެއްކާ މީގެ އެންމެ ރަނގަޅު މާލީ މަންފާ ލިބޭނީ ވެސް ސަރުކާރު ކުންފުންޏަކުން ހިންގުމުން. އޭރުން ދައުލަތަށް ރަނގަޅު މަންފާ ލިބޭނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފެށި އާ ސީޕްލޭން ޓާމިނަލް ހަދަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. އެ މަޝްރޫއަށް އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބިގަރު

ހުރިހާ ތަނެއްވެސް ހިންގަންވީ ސަރުކާރުން. ސީޕުލޭން ދުއްވަންވީވެސް ސަރުކާރުން. ތަރުކާރީ ވިއްކަންވީ ސަރުކާރުން. އެސްލޯނުހޮޅި ވިއްކަންވީ ސަރުކާރުން. ފުޓުބޯޅަ ޓީމުތައް ހިންގަންވީ ސަރުކާރުން. ހެހެހެ.

ސީޕްލޭން

ވަކިމީހަކަށް ސީޕްލޭން ޓާރމިނަލް ދިނުމަކީ ވަރަށް ދެރަކަމެއް. އެކަމަކުވެސް އެކަންކުރާނެ. ބޯޑުގަ ތިބީ ޕާޓުނަރުން.

މަހުދީ

ދެން ޖީ އެމް އާރަށް ދޭންވީ އެއްނޫން.

ނަސީދު

މިގައުމް ގެ މީހުން މިތިބެމީ ކަޓައް ގޮސް ހުސްވެފައި ފުރާނަ ހުރިއްޔާ ވަޅެއް ނުލާނެތާ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910