ހަބަރު

ޕިކަޕް އެކްސިޑެންޓެއްގައި ބަޔަކަށް ސީރިއަސް އަނިޔާ

އައްޑޫ ސިޓީ ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް އެކްސިޑެންޓެވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މިއަދު މެންދުރު ފަހު 1:00 ޖަހާ އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ޕިކަޕްގެ ތެރޭގައި ތިބި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޕިކަޕްގެ ފަހަތުގައި ތިބި ތިން މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.