ހަބަރު

އޭޑީކޭގައި މަރުވި މީހެއްގެ މައުލޫމާތު ހޯދަނީ

Oct 22, 2019
1

އޭޑީކޭ ހޮސްޕިޓަލުގައި މަރުވި މީހެއްގެ މައުލޫމާތު ހޯދަން ފުލުހުންގެ އެހީއަށް އެ ހޮސްޕިޓަލުން އެދިއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އާޓިފިޝަލް ބީޗު ސަރަހައްދުން ހަރަކާތެއް ނެތިފައި އޮތް އުމުރުން ދުވަސް މީހަކު އެ ހޮސްޕިޓަލުގެ އެމެޖެންސީއަށް މިއަދު ހެނދުނު ގެންދިޔަ ކަމަށެވެ.

ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދިން ނަމަވެސް، އެ މީހާގެ ފުރާނަ ސަލަމާތް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށާއި އަދި އެ މީހާއަކީ ކާކުކަން ނޭނގޭތީ، އެމީހާގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

އުމުރުން ގާތްގަނޑަކަށް 50 އަހަރައި 60 އަހަރާ ދެމެދުގެ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ލައިގެން އޮތީ ނޫކުލައިގެ ސޯޓެކެވެ.