މޯލްޑިވްސް ޕޮލިސް ސާވިސް

ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ

ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:20 ހާއިރު ކަމަށެވެ.

އެއީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދުވުނު ކަމަށް ފުލުހުން ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެ މީހާ މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެ އެވެ.