އިމްރާން އަބްދުﷲ

ފުލުހުންނަކީ ހަމައެކަނި ކުށްވެރިން ހައްޔަރުކުރާ ބައެއް ނޫން: އިމްރާން

ފުލުހުންގެ މަސައްކަތް ބައްޓަން ކުރަނީ ހަމައެކަނި ކުށްކުރާ މީހުން ހިފާ ހައްޔަރުކުރާ ބައެއްގެ ގޮތުގައި ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަމު ޕޮލިސް ސްޓޭޝަން ހުޅުވަން މިއަދު އެ ރަށުގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް ބައްޓަން ކުރަނީ އިޖުތިމާއީ ގޮތުން ވެސް ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އިގްތިސޯދީ މަސައްކަތްތަކަށް ވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތަކަށް ކަމަށެވެ.

އެހެންކަމުން ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ކުށްކުރާ މީހުން ހުއްޓުވުންކަމުގައި ނުދެކުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.