މަރު

މަރުވި މީހާ ޑިންގީން ފުންމާލީ މަޖަލަކަށް: ޕޮލިސް

Nov 15, 2019
6

މިއަދު ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުއްމާލި މީހަކު މަރުވި ހާދިސާގައި މީހާ ކަނޑަށް ފުންމާލާފައި ވަނީ ޑިންގީމަތީގައި ސަކަރާތް ޖެހުމުގެ ތެރޭގައި ކަމަށައި އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑިންގީގައި ދަތުރު ކުރަމުން ގޮސް ކަނޑަށް ފުންމާލައިގެން މަރުވެފައި ވަނީ ގ. މާލެހިޔާ 1 ގެ ފްލެޓެއްގައި ދިރިއުޅޭ އަހުމަދު އަނީސެ 33، އެވެ.

ފުލުހުން ބުނީ 10 މީހުނާއެކު ގުޅިފަޅު ބައްތިއާ ދިމާ ބޭރުން ކަނޑަށް ފުންމާލީ ޑިންގީތެރޭގައި ޖެހި ސަކަރާތުގެ ތެރެއިން މަޖަލަކަށް އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ބުނެފައި އަނީސް ކަނޑަށް ފުންމާލައި ގެއްލުނު ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު 15:16 ގައި ކަމަށެވެ. އަދ އަނީސް ހޯދަން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ކަނޑުގެ 44 މީޓަރު އަޑީން ކަމަށެެވެ.