މަރު

ވައިގޮޅި ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މީހާ ދެނެގަނެވިއްޖެ

މިއަދު ހެނދުނު މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ވައިގޮޅި ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މީހާއަކީ ކާކު ކަން ދެނެގަނެވިއްޖެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ އެ މުއައްސަސާއިން ކުރި މަސައްކަތުން ވައިގޮޅީގައި އޮއްވާ ފެނުނު މީހާ ދެނެގަނެވިފައިވާއިރު އޭނާގެ އާއިލާ ގުޅައިގެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދިވެސް އެ މީހާގެ ހަށިގަނޑު ބަލައި ޓެސްޓްތައް ހަދަމުންދާ ކަމަށާއި މީހަކު އޭނާ މަރާލީތޯ ނޫނީ އެއީ ގުދުރަތީ މަރެއްތޯ ބުނަން ދަތި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އިތުރަށް މައްސަލަ ތަހުގީގު ކުރަމުންނެވެ.