ހަބަރު

ރިސޯޓެއްގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Nov 17, 2019

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓު އެންޑް ސްޕާގައި އިންގިރޭސި ވިލާތުގެ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އުމުރުން 69 އަހަރުގެ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާ ކަން ކުރެއްދޫ ރިސޯޓުގެ މެނޭޖްމަންޓުން ފުލުހަށް އަންގާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަން ޓްރީޓޮޕް އިން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.