ހަބަރު

ގެއްލިގެން ހޯދި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މަސް ހިފަން ފަރު މައްޗަށް ގޮސް އުޅެނިކޮށް ގދ. މަޑަވެލިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވީ މަޑަވެލި، ގަމަރީގޭގައި ދިރިއުޅެމުން އައި ދަފުތަރު ނަންބަރު 3476، މުހައްމަދު ސައީދު 72، އެވެ.

ފުލުހުން ބުނީ މަސް ހިފަން ދިޔަ މީހެއްގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އިއްޔެ އިރުއޮއްސުނު އިރު ރިޕޯޓު ކުރުމާއި ގުޅިގެން އެމީހާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ރޭ ދަންވަރު 12:11 އެހާކަންހާއިރު އެރަށު ބީޗް ސަރައްހަދުން ކަމަށެވެ.

އެމީހާ މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.