ހަބަރު

ސްނޯކްލިންއަށް ދިޔަ ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ

އދ ހުވަހަންދޫގައި ހިންގާ ލީލީ ބީޗް ރިސޯޓް އެންޑް ސްޕާއިން ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެބިގެން މަރުވެފައިވަނީ 74 އަހަރުގެ ޗައިނާ ފިރިހެނަކު ކަމަށެވެ. އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:15 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ބުނީ މަރުވި ފަތުރުވެރިޔާ އދ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އުމުރުން ދުވަސްވީ އެ ފަތުރުވެރިޔާ މަރުވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ. މިއަހަރުގެ ތެރޭގައި ސްނޯކްލިން އަށް ގޮސް އުޅުނު ގިނަ ފަތުރުުވެރިންތަކެއް ވަނީ މަރުވެފަ އެވެ. މިފަދަ ހާދިސާތަށް މަދުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމާތީ ކަންކަން ހުރިގޮތް ބެލުމުގެ ބޭނުމުގައި އިންސްޕެކްޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.