ހަބަރު

ބަސް ދުއްވަމުން ފޯނު ބޭނުންކުރި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމްޓީސީސީ ބަހެއް ދުއްވަމުން ފޯނު ބޭނުންކުރި ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ބަސް ޑްރައިވަރެއްގެ ލައިންސަންސް ހިފަހައްޓާފައިވަނީ، އެމްޓީސީސީން އެއާޕޯޓާއި ހުޅުމާލެއާ ދޭތެރޭގައި ދުއްވާ ބަހެއްގައި ބަސް ދުއްވަމުން ފޯނު ބޭނުން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯސަލް މީޑިއާގައި މީހަކު އާންމު ކުރުމުންނެވެ.

މި މަންޒަރު ފެންނަ ގޮތަށް ވީޑިއޯ ކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުން، އެ ޓްވީޓަށް ރައްދު ދީ ފުލުހުން މިއަދު ބުނެފައިވަނީ އެ ޑްރައިވަރު ހޯދުމަށްފަހު މިއަދު ހެނދުނު ވަނީ ޓްރެފިކް ޕޮލިހަށް ހާޒިރުކޮށްފައި ކަމަށެވެ. އަދި ބަސް ދުއްވަމުން ފޯނުން ބޭނުންކޮށްފައި ވާތީ، އެ ބަސް ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި ލިއުމުން ނަސޭހަތާއި އިންޒާރު ދީފައިވާނެ ކަމަށް

ވީޑިއޯގައި ފެންނަ ގޮތުން، ބަސް ޑްރައިވަރު އެންމެ ފުރަތަމަ އިނީ ޓްރެފިކް ލައިޓަށް ހުއްޓައިގެންނެވެ. ފެހި ލައިޓް ޖެހުމުން ބަސް ނައްޓާލި އިރުވެސް ޑްރައިވަރު އިނީ ފޯނާ ކުޅޭށެވެ. އަދި އެއް އަތުން ހުންގާނު އެނބުރި އިރު އަނެއް އަތުން ފޯނާ ކުޅެމުން ދިޔަތަން ވީޑިއޯ އިން ފެނެ އެވެ.

މި ވީޑިއޯ އާއްމު ކުރަމުން، ޖަހާފައިވަނީ ޑްރައިވަރު އެންމެ ފުރަތަމަ އިނީ ނިދާފައި ކަމަށާއި ޓިކެޓު ވިއްކަން ހުންނަ މީހާ ގޮވުމުން ހޭލި ކަމަށާއި ދެން ހޭލައިގެން ފޯނު ނަގާ ފޯނާ ކުޅެން ފެށީ ކަމަށެވެ.

އާއްމުން މިކަމާމެދު ކަންބޮޑުވުން ފާޅުކުރި އިރު، މި ފަހުން ވަނީ އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި 13 އަހަރުގެ އަންހެން ކުއްޖެއް މަރުވެފަ އެވެ. އަދި، މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ފަތުރުވެރިއެއްގެ ގައިގައި ޖެހި ނުރައްކާތެރި ހާދިސާއެއްގައި އޭނާވެސް ވަނީ މަރުވެފައެވެ.