ހަބަރު

މޫދަށް އެރިއުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ

ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރިއުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:34 އެހާކަންހާއިރު ކަމަށެވެ. މަރުވި ޗައިނާ މީހާގެ އުމުރަކީ 62 އެވެ. މިމައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދުގެ ވަގުތެއްގައި ލިލީ ބީޗް ރިސޯޓުގެ މަސައްކަތް ކުރަމުންދިޔަ މުވައްޒިފަކުވެސް މަރުވެފައި އޮއްވާ ފެނިފަ އެވެ. އެއީ އިންޑަނޭޝިއާއަށް ނިސްބަތްވާ އުމުރުން 38 މީހެކެވެ. މީގެ އިތުރުން މިއަދު މާލޭ ގެއެއްގެ ޓެރަސް މަތީ މަރުވެފައި އޮއްވާ މީހަކު ފެނިފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ވެސް ސްނޯކްލިންއަށް ދިޔަ ޗައިނާގެ 74 އަހަރުގެ ފަތުރުވެރިއަކު ވަނީ މަރުވެފަ އެވެ.