ހަބަރު

ރިސޯޓެއްގައި ބޭރު މުވައްޒަފަކު މަރުވި މައްސަލައެއް ބަލަނީ

Dec 9, 2019

ލިލީ ބީޗްގައި މަސައްކަތް ކުރަމުންދިޔަ އިންޑޮނޭޝިއާ މުވައްޒަފެއް މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު މަރުވެފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ ނިދާ ނުހޭލައިގެން ބެލިއިރު ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓެއްގައި ބޭރުގެ މުވައްޒަފެއް މިއަދު މަރުވެފައިވާއިރު ދެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ޓޫރިސްޓަކު ވެސް މޫދަށް ގޮސް އުޅެނިކޮށް ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ ޗައިނާ އާއި އެމެރިކާގެ ދެ ޓޫރިސްޓުންނެެވެ.