މަރު

ކިނޮޅަހު ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރ. ކިނޮޅަހު ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުސް މީޑިއާއިން ބުނީ ކިނަޅޮހު ގޮނޑުދޮށުގައި އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ފުލުހުންގެ ހިދުމަތް ނެތް އެ ރަށައް މިހާރު ފުލުހުންގެ ޓީމެއް ދަނީ ދަތުރުކުރަމުންނެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ 84 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށައް ދިއުމަށް ދަނީ ދަތުރުކުރަމުން." މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ބެލެވެނީ ގުދުރަތީ މަރެއް ކަމަށެވެ.