މަރު

ކުދިމަސް ހިފަން ފީނި މީހަކު މަރުވެއްޖެ

Jan 16, 2020

ގދ. ތިނަދޫ މޫދަށް ޑައިވް ކޮށް ކުދިމަސް ހިފަން ފޭބި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާ ފަރުބޭރަށް ޑައިވްކޮށްގެން ކުދި މަސް ނަގަން ފޭބި 48 އަހަރުގެ ދިވެހި ފިރިހެނަކު ތިނަދޫގައި ހުންނަ ޑރ. އަބުދުއްސަމަދު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެމީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

އެހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފަހަކަށް އައިސް ޑައިވްކޮށްގެން ހިންގާ މިކަހަލަ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.