ދ. ކުޑަހުވަދޫ ފަޅު ތެރޭގައި ދިވެއްސަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:00 ހާއިރު ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅު ތެރޭގައި މީހަކު ގެނބިފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭނާ އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރު އޭގެ 45 މިނެޓު ފަހުން މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.