ސުޕްރީމް ކޯޓު ދައްކާލައި މަސަކަތް ހިންގާ ގޮތް ބުނެދޭން އާންމުންނަށް ޓުއާތައް ބޭއްވުމަށް ނިންމައިފި އެވެ. މިއީ މިފަދަ ގޮތަކަށް ސުޕްރީމް ކޯޓަށް އާންމުން ވައްދާ ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓު ހިންގާ އިމާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޅުއްވި ތީމްގެ އިމާރާތެކެވެ. އެ އިމާރާތަކީ ވަރަށް ޝާހީ ގޮތަކަށް އަޅާފައިވާ ބޮޑު އިމާރާތެކެވެ.
އެ ކޯޓުން މިއަދު ބުނީ ކޮންމެ މަހެއްގެ ވެސް އެންމެ ފުރަތަމަ ބުރާސްފަތި ދުވަހަކީ އާންމުންނަށް އެ ކޯޓަށް ޒިޔާރަތް ކުރެވޭނެ ދުވަހެއް ކަމަށެވެ. އެގޮތުން އެ ދުވަހު ތިން ސެޝަނެއްގެ މަތިން ޓުއާތައް ބާއްވާނެ ކަމަށެވެ. ކޮންމެ ސެޝަންއެއްގައި ބައިވެރިވެވޭނީ 10 މީހަކަށެވެ. ފުރުސަތު ދޭނީ ސެޝަންގެ ގަޑިއަށް އަންނަ ތަރުތީބުން ނަން ނޯޓްކޮށްގެންނެވެ.
މި ޓުއާގައި ޝަރީއަތް ކުރާ މަލާމާއި ކޯޓުގެ ސެކްޝަންތަކުގެ މަސައްކަތްތައް ދައްކާލާނެ ކަމަށް ކޯޓުން ބުންޏެވެ. އަދި ސެޝަންގެ ގަޑީގައި ޝަރީއަތެއް ކުރިއަށްދާނަމަ ޝަރީއަތުގެ އަޑުއެހުމަށް ވެސް ވަދެވޭނެ ކަމަށެވެ.
ކޯޓުތަކުގެ މަސައްކަތް ހިނގާ ގޮތް ދައްކާލުމަށް އެހެން ގައުމުތަކުގައި ވެސް މިފަދަ ޓުއާތައް ދެ އެވެ. މިއީ ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ޓުއާތައް މީޑިއާއަށް ދީފައިވެ އެވެ.