ހަބަރު

ސްނޯކަލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އއ. މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ދިޔަ ފިިރިހެނަކު މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ އުމުރުން 23 އަހަރުގެ މީހެކެވެ. މަރުވެފައިވަނީ ރ. މީދޫ އަށް ނިސްބަތްވާ އަބްދުﷲ އަޒްވާން އެވެ. އޭނާއަކީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ މީހެކެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.