ހަބަރު

އޮޅުވެލި ބީޗް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ

އޮޅުވެލި ބީޗް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އޮޅުވެލި ބީޗުގައި މަސައްކަތް ކުރާ އުމުރުން 53 އަހަރުގެ ސްރީލަންކާ ރައްޔިތެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ރިސޯޓްގެ ޕޭސްޓްރީ ޝެފް އެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހްގީގު ކުރަމުންނެވެ.