ހަބަރު

ކަސްޓަމްސްގެ ކޮމިޝަނާ ނޫމާން އަވަހާރަވެއްޖެ

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އަހްމަދު ނޫމާން އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ނޫމާން އަވަހާރަވީ، އިންޑިއާގެ ބެންގަލޫރުގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އެމަނިކުފާނު ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން އިންޑިއާގައި އުޅުއްވާތާ ވަރަށް ދުވަސްވެއްޖެ އެވެ.

ނޫމާން އަކީ އަދާލަތު ޕާޓީގެ ޖެންޑާ އޮފް ހިއުމަން ރައިސް ކޮމިޓީގެ ޗެއާޕާސަން އެވެ. އަދި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެއް ވެސް މެ އެވެ. މީގެ އިތުރުން، ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމު އަދާ ކުރެއްވި އެވެ. އަދި، ހައުސިން މިނިސްޓްރީ އާއި ސްޓެލްކޯގައި ވެސް ނޫމާން ވަނީ މީގެ ކުރިން ކުރިން މަސައްކަތް ކުރައްވާފަ އެވެ.