ޖިންސީ ފުރައްސާރަ

ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި

އުތުރުގެ ތިން އަތޮޅުގެ ސަރަހައްދުގައި ހިމެނޭ ރަށެއްގެ ކުޑަކުއްޖަކާމެދު އެއް ޖިންސުން ގުޅުން ހިންގައި ގޯނާ ކުރި މައްސަލަ އެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ހައްޔަރު ކުރީ ރޭ ދަަންވަރު ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން، އެ ކުއްޖާގެ އަަތޮޅާއި ރަށް ފުލުހުން ހާމަ އެއް ނުކުރެ އެވެ.