މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ހުރި 92 އަހަރުގެ މީހަކު މަރުވެއްޖެ

ޖަލުގައި ހުރި 92 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފަައިވާ ކަމަށެވެ.

އެ މީހާ ހުރީ ހުޅުމާލޭ ޖަލުގައެވެ.

ސީޕީ ވިދާޅުވީ އެ މީހާ މަރުވުމާއި ގުޅިގެން ފުލުހުންނާއި އެޗްއާރުސީއެމް އަދި ކަމާބެހޭ އެހެން އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އެ މީހާ މަރުވީ ބަލިވެ އުޅެފަ ކަމެއް ސީޕީ ވިދާޅެއް ނުވެއެވެ. އަދި އެއީ ކޮން ކުށަކާއި ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.