ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އެންއެފްއެމްއީ އިން ޓޫރިޒަމް އަލުން ހުޅުވުމާ ބެހޭ ވެބިނާ އެއް

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ބައެއް ފަރާތްތަކާއެކު ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ސިލްސިލާކޮށް ވެބިނާ [ސެމިނާ] ތަކެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ އެންއެފްއެމްއީ އިން އެކި ސިނާއަތްތަކަށް ހާއްސަކޮށް ފަށާ ވެބިނާތަކުގެ ތެރެއިން ފުރަތަމަ ބައި އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ އެވެ. މި ސިލްސިލާ ބައްދަލުވުންތައް ފޭސްބުކް އިން ވަގުތުން ދައްކާނެ އެވެ. ފުރަތަމަ ބައި އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ހަވީރު 16:30 ގަ އެވެ. ފުރަތަމަ ބައި ހާއްސަ ކުރަނީ ޓޫރިޒަމް ސިނާއަތަށެވެ.

"ޓޫރިޒަމް ރައްކާތެރިކަމާއެކު ހުޅުވާލުން" މި މައުލޫގައި ބާއްވާ ވެބިނާގައި ޓޫރިޒަމް ސިނާއަތުގެ އެންމެ މަޝްހޫރު ފަރާތަކީ ދުނިޔެ އަށް ލަގްޒަރީ ޓޫރިޒަމްގެ މުޅިން ތަފާތު ރަހައެއް ގެނެސްދިން، ސޮނޭވާ ގްރޫޕުގެ ވެރިޔާ ސޯނޫ ސިވްދާސަން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ޓްރެބަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް އާއި މަންޓާ އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު، މުހައްމަދު ހަލީލް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވެސް ބައިވެރިވެޑައި ގަންނަވާނެ އެވެ.

މި ވެބިނާތަކުގައި ފެސިލިޓޭޓަރެެއްގެ ގޮތުގައި ހޮސްޓް ކުރައްވާނީ، އެންއެފްއެމްއީ އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް އިން ވަނީ ޓޫރިޒަމް ސިނާއަތުގެ އިތުރުން އެހެން ސިނާއަތްތަކަށް ހާއްސަކޮށް ވެސް މިފަދަ ބައްދަލުވުންތައް ބާއްވަން ނިންމާފަ އެވެ. މިގޮތުން އަންނަ މަހު 10 ވަނަ ދުވަހު އިމާރާތް ކުރުމުގެ ދާއިރާ ނިއު ނޯމަލްގައި ހުޅުވާލުމާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުން އޮންނާނެ އެވެ. އަދި އަދި 17 ވަނަ ދުވަހު މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން ބާއްވާއިރު، 24 ވަނަ ދުވަހު ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ބެހޭ ގޮތުން ބައްދަލުވުމެއް އޮންނާނެ އެވެ. އަދި ޖުލައި އެއްވަނަ ދުވަހުގެ ބައްދަލުުވުން ހާއްސަވާނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތާ ބެހޭ ގޮތުންނެވެ. އަދި ޖުލައި އަށްވަނަ ދުވަހު

ކުރިއަށްހުރި ވެބިނާތައް

  • އަންނަ މަހު 10: އިމާރާތް ކުރުމުގެ ދާއިރާ އަށް
  • އަންނަ މަހުގެ 17: މަސްވެރިކަމުގެ ސިނާއަތް
  • އަންނަ މަހުގެ 24: މާލީ ދާއިރާ
  • ޖުލައި އެކެއް: ވައިގެ ދަތުރުފަތުރުގެ ސިނާއަތާ
  • ޖުލައި 8: ލޮޖިސްޓިކްސް އަދި ޝިޕިން
  • ޖުލައި 15: ރާއްޖޭގެ އެފްއެންބީ ސިނާއަތް
  • ޖުލައި 22: އިންޝުއަރެންސް ސިނާއަތް

އެންއެފްއެމްއީއަކީ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) ގެ ދަށުން ހިންގާ ދަ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް އެމްޕްލޮޔާސް (އައިއޯއީ) ގެ މެންބަރު ޖަމިއްޔާ އެކެވެ.