ހަބަރު

އޮޅުވާލައިގެން ތޮއްޑޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ އަށް އޮޅުވާލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ތޮއްޑޫ ކައުންސިލުން ބުނީ އެ މީހާ ހއ. ވަށަފަރުން ތޮއްޑޫ އަށް އައުމަށް އެދުނީ މިދިޔަ މަހު 31 ގައި ކަމަށެވެ. ފުލުހުންގެ ހުއްދަަ ލިބިފައި އޮޮތް ކަމަށް ބުނެ ކައުންސިލުގެ ހުއްދަ އާއެކު އޭނާ ތޮއްޑޫ އަށް ހަމަ އެ ދުވަހު ދިޔަ އެވެ.

ތޮޮއްޑޫ ކައުންސިލުން އިތުރަށް ބުނީ، އެމީހާ އައީ ވަށަފަރުން ނޫން ކަން އެނގުމުން ކައުންސިލުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. އަދި ވަށަފަރު ކައުންސިލަށް ގުޅާ އެކަން ޔަގީން ކުރި ކަމަށްވެސް ތޮއްޑޫ ކައުންސިލުން ބުންޏެވެ. އެމީހާ އަައީ ހުޅުމާލޭގައި ހުރެފަައި، ވަށަފަރުން ކަމަށް ބުނެ އެވެ.

"ހުއްދަަ ލިބިފައި އޮތް ކަމަށް ބުނެ ވައިބާ އިން މެސެޖެއް ކުރީ. އަޅުގަނޑުމެންނަކަށް ނޭނގޭ އެމީހާ އައީ ހުޅުމާލޭން ކަމެއް. ކައުންސިލް ހުއްދަަ ލިބުމުން ހަަމަ އެ ދުވަހު އޭނާ އަައި. އޭނަ އައީ ހުޅުމާލޭން ކަން އެނގުމުން ވަގުތުން ފުލުހުންނަށް ގުޅާ އެ މައްސަލަ ބަލަން އެދުނިން" ތޮއްްޑޫ ކައުންސިލުން ބުންޏެވެ.

ފުލުހުން ބުނީ، މައުލޫމާތު އޮޅުވާލައިގެން ހޯދާފައިވާ ހުއްދައަކަށް ދަތުރު ކުރި މީހެއް ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަަލަމުން އަންނަ ކަމަށެވެ.