މަކުނުދޫ

އެއްޖިންސުން ގުޅުންހިންގުމުގެ ތުހުމަތުވި މީހަކު ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތަށް ހދ. މަކުނުދޫން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މަކުނުދޫގައިބ ބަޔަކު އެއް ޖިންސުން ގުޅުންހިންގާ ކަމަށް ބުނާ މައްސަލަ އެއް އިއްޔެ ހަވީރު ފުލުހުންނަށް ހުޅަހެޅި ކަމަށާއި އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަަށުން 29 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެއް ޖިންސުން ގުޅުންހިންގާ ބަޔަކު އުޅޭ ކަމަށް ބުނެ އިއްޔެ މަކުނުދޫގައި ވަނީ މުޒާހަރާއެއް ވެސް ކޮށްފަ އެވެ.