މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ހެންވޭރުގައި ހުއްދަ ނުނަގާ ގެސްޓްހައުސްއެއް ގޮތުގައި ހިންގަމުންދާ ގެއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ އިންޑިއާ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.