މަރު

މޫދަށް އެރިއުޅުނު ދިވެއްސަކު މަރުވެއްޖެ

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި މަަސައްކަތެއް ކުރަން މޫދަށް އެރި އުޅުނު މީހަކު މަރުވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ މިއަދު މެންދުރު، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ މަަސައްކަތެއް ކުރަން މޫދަށް އެރި އުޅުނު ޒުވާނަކު އަކުނިވަޔަށް ދަމައިގަނެ، ހާލު ދެރެވަގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރުވީ އެ ބަލީގައި ކަމަށްނުވާތީ އެއީ ކޮވިޑް މަރެއް ކަމަށް ނުބަލާ ކަމަށެވެ.