މަރު

ޒުވާނެއްގެ މަރާ ގުޅޭ ތަހުގީގެއް ފަށައިފި

Aug 29, 2020
1

ޒުވާން އަންހެނެއްގެ މަރުގެ މައްސަލައެއް ކުއްލި ގޮތަކަށް ފުލުހުން ތަހުގު ކުރަން ފަށައިފި އެވެ.

ފުލުސް އިދާރާއިން މިރޭ މެންދަމު 2:00 ވެސް ޖެހި ފަހުން މެސެޖެއް މެދުވެރިކޮށް ކުރުކުރުކޮށް ބުނީ މިރޭ 11:42 އެހާކަންހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ 21 އަހަރުގެ ޒުވާން އަންހެނަކު އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލައެއް ހޮސްޕިޓަލުން ފުލުހަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަނަ ބަލައި ތަހުގީގެއް ކުރަމުން ގެންދާ ކަމަށް ވެސް ފުލުސް އިދާރާގެ އެ މެސެޖްގައި ވެއެވެ.

މި މަރާބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.