މޯލްޑިވްސް ޕޮލިސް ސާވިސް

ފެނުނީ ތިލަފުށީގައި މަސައްކަތްކުރާ ބިދޭސީއެއްގެ ހަށިގަނޑު

Sep 1, 2020

ސިނާއީ މަސައްކަތްތަކަށާއި ވޭސްޓް މެނޭޖެމެންޓަށް ހާއްސަކޮށް ކޮށްފައިވަ ރަށް މާލެ އަތޮޅު ތިލަފުށީ ބޭރު ކަނޑު ތެރޭ މަރުވެފައި އޮއްވާ އިއްޔެ ފެނުނީ ތިލަފުށީގައި މަސައްކަތް ކުރަމުން އައި ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން މިއަދު ޔަގީންކޮށްދީފި އެވެ.

ފުލުހުން ބުނީ ތިލަފުށީ ކައިރިން ކަނޑުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ނޭޕާލުގެ މީހެއް ކަމަށާއި އޭނާއަކީ އެ ރަށުގެ މަސައްކަތު ސައިޓެއްގައި މަސައްކަތް ކުރަމުން އައި 31 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ފެނުނީ އިއްޔެ ހެނދުނު 8:30 ގަ އެވެ. ފުލުހުން ގެންދަނީ އެ މީހާގެ މަރާ ގުޅޭ ކަންކަން ބަލައި ތަހުގީގެއް ކުރަމުންނެވެ.