ވިޔަފާރި

އެޖެންޓު ގަވައިދަށް އަމަލު ނުކޮށް، އަދި ވެސް ބޮޑު ފީ ނަގަނީ

މާލެ ވިޔަފާރި ބަނދަރު: ޝިޕިން އެޖެންޓުން މިހާރު ބޮޑުކޮށް ފީ ނަގަނީ ރާއްޖޭން ބޭރުން -- ފޮޓޯ: އަވަސް
50%
0%
50%

އަގު ނެގުން ކޮންޓްރޯލްކޮށް، ޝިޕިން އެޖެންޓުންގެ ގަވައިދު ނެރުނު ނަމަވެސް، އެ ގަވައިދަށް އަމަލު ނުކޮށް، ފީ ނަގަމުންދާތީ ވިޔަފާރިވެރިން ޝަކުވާ ކުރަން ފަަށައިފި އެވެ.

މާލެ ވިޔަފާރި ބަނދަރަށް ގެންނަ މުދަލަށް ހިތުހުރި ގޮތަށް ބޮޑު އަގު ނަގަމުންދާ މައްސަލާގައި އަވަސް އިން ހެދި އިންވެސްޓިގޭޝަން ރިޕޯޓުން ފެންމަތިވި މައްސަލަ ހުއްޓުވަން ޓްރާސްޕޯޓް އޮތޯރިޓީން ވަނީ މިދިޔަ މަހު ގަވައިދެއް ހަދާފަ އެވެ. އެ ގަވައިދުގައިވާ ގޮތުން ކުރިން ހިތުހުރި ގޮތަކަށް ނަގަމުން ދިޔަ އަގުތައް ނުނެގޭނެ އެވެ. އެހެންވެ، މި ގަވައިދު ނެރުމާއެކު ވިޔަފާރިވެރިން ވަނީ މިއީ މި މައްސަލަ ހައްލުވީ ކަމަށް ބުނެފަ އެވެ.

ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ޖެހޭ ޝިޕިން އެޖެންސީ ހިންގުމުގެ ގަވައިދަށް ރާއްޖޭގައި މަސައްކަތް ކުރާ އެޖެންޓު ކުންފުނި ތަކުން އަމަލު ނުކުރުގެ ޝަކުވާ ތަކެއް މިވަނީ ފެންމަތިވެފަ އެވެ.

"އަވަސް" އަށް މިއަދު ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އާ ގަވައިދު ހެދުމާއެކު، މުދާ ގެނެސްދޭ ބައެއް ޝިޕިން އެޖެންޓުން ރާއްޖޭން ނަގަމުން ދިޔަ ފީތައް ބޭރުން ނަގާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެއްވެސް އެޖެންޓެއް މެދުވެރިނުކޮށް، މުދާ ގެންނަމަ އަގަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"މުދާ ގަންނަ ކުންފުނި އަމިއްލަ އަށް ބޭނުންވާ އެޖެންޓެއްގެ މެދުވެރިކޮށް މުދާ ގެނެސްދޭށޭ ބުނެފިނަމަ އަގު ބޮޑެއް ނުވޭ. އެކަމަކު ރާއްޖޭގައި އުޅޭ އެެޖެންޓެއް މެދުވެރިކޮށް މުދާ ގެނެސްދޭ ބުނެފިނަމަ އަގު އެބަ ބޮޑުވޭ. މިހާރު މި އަގު ހިމަނާފައި އޮންނަނީ ބޭރުން ނަގާ ގޮތަށް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީއަށް

ރާއްޖެ އަށް މުދާ ގެންނަ ބައެއް ޝިޕިން ކުންފުނި ތަކުން ޝިޕިން އެޖެންސީ ހިންގުމުގެ ގަވައިދަށް އަމަލު ނުކުރާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފަ އެވެ. މިގޮތުން ފޮނުވާފައިވާ ބައެއް ސިޓީތަކާއި ބޮޑު އަގުގައި ނަގަން އިންވޮއިސްކޮށްފައި ޑީއޯގެ އިންވޮއިސް ކޮޕީތައް ވެސް އަވަސް އަށް ވަނީ ލިބިފަ އެވެ.

ރާއްޖެއަށް މުދާ ގެންނަ ލިއޯ ޓްރޭޑިން އިން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން، ލިލީ ޝިޕިންގެ ކާގޯ އެޖެންޓު ކަމުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ގެނެސްފައިވާ މުދަލަކީ "އިންކޯ ޓާމްސް ސީއައިއެފް" ގެ ދަށުން މާލެ އަށް ފައިސާ ދައްކާފައިވާ މުދާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މާލެއާ ހަމަ އަށް މުދާ އުފުލަން ދައްކަން ޖެހޭ ހުރިހާ ޗާޖެއް އެ މުދާ ފޮނުވި ފަރާތުން ދައްކާފައިވާ ކަމަށް ވެދސް ބުނެފައިވެ އެވެ.

ނަމަވެސް، މުދާ ޑެލިވަރު ކުރުމަށްޓަކައި ޑެލިވަރީ އޯޑަރު (ޑީއޯ) ހޯދަން ޝިޕިން އެޖެންޓުގެ އޮފީހަށް ދިއުމުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމަލު ކުރަން ފެށި ޝިޕިން އެޖެންސީއާ ބެހޭ ގަވައިދުގެ ނުވަވަނަ މާއްދާއާ ހިލާފަށް ޑީއޯ ޗާޖު ދައްކަން އިންވޮއިސްކޮށްފައިވާ ކަމަށެވެ.

އެ ސިޓީފައިވާ ގޮތުގައި މުދާ ބަލައި ދިއުމުން ޑީއޯ ޗާޖުގެ ގޮތުގައި ޖުމްލަ 292.03 ޑޮލަރު ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބަލައި އެ ފަރާތާ މެދު ޝިޕިން އެޖެންސީ ހިންގުމުގެ ގަވައިދާ އެއްގޮތުގެ މަތިން ފިޔަވަޅު އަޅައި ދޭން އެދިފައިވެ އެވެ. މި ގަވައިދާ އެގޮތްވާ އަދަދަކަށް ޑީއޯފީ ދިވެހި ރުފިޔާ އިން ނެގުމަށް އެ ފަރާތައް އަންގައި ޑީއޯ ދޫކޮށްދޭން އެދެން ވެސް އެ ކުންފުނީގެ ސިޓީގައިވެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހެހެހެ

އަޅުގަޑުގެ ކުރި ކޮމެންޓް ތައް ޖަހާލާ ދެއްވުން އެދެމެވެ. ޝުކުރިއްޔާ!

ހެހެހެ

އަފްރާހެވެ. އަފްރާހު 28 ނޮވެމްބަރ ގައި "ވިޔަފާރިވެރިން އަށް ކާމިޔާބު" ގެ އާޓީކަލް އާއި ގުޅޭ ގޮތުންވެސް ސުވާލެއް ކޮށްލަން ބޭނުން؟ ވިޔަފާރިވެރިން އަށް ކޮން ކާމިޔާބެއްތޯ އެ ގަވާއިދުން ލިބުނީ؟ މިހާރު ދުނިޔޭގެ ބޮޑެތި ޝިޕިންގ ލައިން ތަކުން ކުރީގައި ރާއްޖޭގައި ނަގަމުން ދިޔަ ލޯކަލް ޗާޖަސްތައް، ލޯޑް ޕޯޓް އިން ނަގާ ގޮތަށް ނުވަތަ ފްރައިޓްގައި ހިމަނާ ގޮތަށް ވަނީ ނިންމާފައެވެ. އެހެންވީމާ، އެ ޖެހުނީ ދެން ކޮންތާކު؟ ކުރީގަވާ ލޯކަލް ޗާޖެސް ތަކުގެ ގޮތުގައި ދައްކާ ފައިސާ، މުދާ އައުމުން ދިވެހި ރުފިޔާއިން މާލެ އިން ދައްކާލެވޭ. މިހާރު ޖެހޭނެ އެފައިސާ މުދާ ހައްދާއިރު 2 މަސް ވަރު ކުރީން އެޑްވާންސް ކޮށް ޑޮލަރަށް ބަދަލުކޮށް، މުދަލަށް އޯޑަރ ކުރާއިރު އެފައިސާ ރެމިޓް ކުރަން! އެހެންވީމާ، އެއީ ކާމިޔާބެއްތަ؟ އެއީ އިތުރު ތުރާލެއް ނޫންތޯ؟

ހެހެހެ

އަފްރާހުއެވެ. ޝިޕިންގ އަކީ ރާއްޖޭގައި ތިބޭ އެޖެންޓުން ބޭނުންވާ ގޮތަކަށް ކުރާ ކަމެއް ނޫން. އެއީ އިންޓަރނޭޝަނަލް ބަޔެއް މުއާހަދާތަކާ އަދި ޝިޕިންގ ލައިން ތަކުގެ ބިލް އޮފް ލޭޑިންގ ދަށުން ކުރާ މުއާމަލާތެކެ. ދުނިޔޭގެ ޝިޕިންގ ލައިން ތަކުން އަންގާ ޗާޖްތަކެއް ރާއްޖެގައި ތިބޭ އެޖޭންޓުން ނަގަނީ. އެޗާޖް ރާއްޖޭގައި ނުނެގޭނެ ނަމަ، އެޗާޖްތައް ލޯޑް ޕޯޓްއިން ނުވަތަ ފްރައިޓްގައި އިންކޯޕަރޭޓް ކޮށްގެންވެސް ނަގާނެ. އެކަމެއް ދިވެހި ސަރުކާރާއި އަދި ދިވެހި ވިޔަފާރިވެރިން އަކަށް ނުހުއްޓުވޭނެ. ބިލް އޮފް ލޭޑިންގ އާއި ގުޅޭ ގޮތުން ރާއްޖޭގެ ސިވިލް ކޯޓުން ނިންމި މައްސަލައިގައިވެސް ވަރަށް ސާފުކޮށް ބީއެލްގެ ޓާރމްސްގެ ދަށުން ރާއްޖެގައިވެސް ސިޕިންގ ލައިންތަކުގެ ލޯކަލް ޗާޖަސް އެފަރާތްތަކުގެ ލޯކަލް އޭޖެންޓް މެދުވެރިކޮށް ނެގޭނެ ކަމަށް ވަނީ ހުކުމް ކޮށްފައި. އެ ހުކުމް ކިޔާލުމުން އަފްރާހް ތިޔަ ލިޔުއްވާ އާޓިކަލްތަކަށް ވަރަށް ފުރިހަމަ ޖަވާބް ލިބޭނެ.

ޝިޕިން އެޖެންޓް

ކޮން ޝިޕިންގ އެޖެންޓް އެއް ކަަން ބުނެބަލަ އޭރުން އިގޭނެ ތިބަޔަކު އަތުން މުދާ ނުގެންނަން

ލިލީ ޝިޕިން

ޢެޔޮތީ ލިލީ ޝިޕިން އޭ އެއްނު ޖަހާފަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345