ހަބަރު

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެ

ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު ހިންގި މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށްގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. އަނިޔާވި މީހާ މިހާރު ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްފަ އެވެ.

އިތުރަށް ބުނީ، އެކްސިޑެންޓުގައި ބަހާއި ސައިކަލް ދުއްވި މީހާ އަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ. އެކްސިޑެންޓުވީ ބަހަކީ ކުންފުންޏެއްގެ ބަހެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށްވެސް ބުންޏެވެ.