މޯލްޑިވްސް ޕޮލިސް ސާވިސް

ރައީސްވެސް ފައިރޫޝާ ބައްދަލު ކުރެއްވި!

Jan 3, 2021
7

ފުލުސް ހިދުމަތުން ރިޓަޔާ ކުރެއްވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝްގެ އަގު ފުލުހުންގެ މުއައްސަސާއިން ވަޒަން ކޮށް ޝުކުރު އަދާ ކުރެއްވުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައިރޫޝާ ބައްދަލު ކުރައްވާ އޭނާގެ ހިދުމަތަށް ޝުކުރު އަދާ ކުރެއްވިކަން ހާމަވެއްޖެ އެވެ.

"ފައިރޫޝް ރިިޓަޔާ ކުރެއްވީ ކީއްވެގެން؟" އެ ސުރުހީގައި އަވަސް ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް މިއަދު ލިޔެފައިވާ ރިޕޯޓެއްގައި ސޯސް ހިމާޔަތް ކުރުމުގެ ގޮތުން ނަން އެއްފަރާތް ކޮށްލުމަށް ފަހު ފައިރޫޝްގެ ވަރަށް ގާތް ބޭފުޅުންކޮޅަކާއި އަދި ބައެއް އިސް ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ފައިރޫޝް ރިޓަޔާ ކުރެއްވުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރުމުގެ ގޮތުން ފުލުހުންގެ އެެތެރޭގައި ބައެއް ހަފުލާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ އިދާރާއަށް ވަޑައިގެެން ފައިރޫޝްއާ ބައްދަލު ކުރެއްވުން ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި ފައިރޫޝްގެ ހިދުމަތް ތައުރީފު ކުރައްވާ ރައީސް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.

"[އެބައްދަލުވުމުގައި] ރައީސް ވިދާޅުވި ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް ކަމަށްވެސް. އޭނާ ހިދުމަތް ގައުމާއި ފުލުހަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި" ބައްދަލްވުމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު އަވަސްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ރައީސް ވިދާޅުވި ފައިރޫޝް ރިޓަޔާ ކުރައްވަން އަދިި އަވަސް ކަމަށްވެސް. އޭނާ ހިދުމަތް ގައުމާއި ފުލުހަށް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި،
ބައްދަލުވުމުގެ މައުލޫމާތު އެނގެގޭ ސީނިއާ ބޭފުޅެއް

ނަމަވެސް ފުލުސް ކޮމިޝަނާ ހަމީދު ފައިރޫޝަށް ޝުކުރު އަދާ ކުރެއްވުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެމްޑީޕީގެ ތައުރީފު އަބަދުވެސް އޮންނަ ހަމީދު އޭނާއާއެކުގައި މަސައްކަތް ކުރެއްވި ފައިރޫޝްގެ ހިދުމަތަށް ޝުކުރު އަދާކޮށް ޓްވީޓް ކުރެއްވުން ވެގެން ދިޔައީ އެމްޑީޕީ ރުޅި ފަޅައިގެންދިޔަ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮޕަރޭޓު ކުރައްވާ ކަމަށް އާންމުންގެ ތުހުމަތު އޮންނަ ޓްވިޓާ އެކައުންޓަކުން ވެސް ހަމީދުގެ އެ ޓްވީޓަށް ރައްދު ދީ "ބަޣާވާތަށް ޝުކުރު އަދާ ނުކުރަންތޯ" ސުވާލު ކޮށްފައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ "ހަމީދު ލަދުގަންނަން ޖެހޭ" ކަމަށް ވިދާޅުވެ އެ ޓްވީޓަށް ރައްދު ދެއްވާފަ އެވެ. އަދި މި ނޫނަސް ބައިވަރު ފާޑިކިޔުން ފުލުސް އިދާރާ އާއި ހަމީދަށް އައިސްފައިވެ އެވެ.

ފެބުރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގަތީ ފައިރޫޝެވެ. އެއީ އޭރުގެ ކޮމިޝަނަރު އަހުމަދު ފަސީހު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އެންމެ މަތީ ބޯޑުގައި ކުރި މަޝްވަރާތަކުގައި އެކްޓިން ސީޕީގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ނުވެގެނެވެ. ނަމަވެސް އެމްޑީޕީން ދެކޭ ގޮތް ތަފާތެވެ. އެ ޕާޓީން ދެކޭ ގޮތުގައި ފައިރޫޝް އެ ދުވަހު "އަޑިނޭންގޭ" ކަންތައްތަކެއް ކުރެއްވި އެވެ. ބަޣާވާތުގައި އޭނާގެ ދައުރެއް އެޮތެވެ.